އުމުރުދުވަހުގެ ޖަލު ހުކުމުގެ އިތުރުން ޖޫރިމަނާވެސްކޮށްފައިވޭ -
އަވަށްޓެރި އިންޑިއާގައި ފިރިހެނަކު ރޭޕުކޮށް
މަރާލިކަމުގެ ކުށް ސާބިތުވެ ދެ ފިރިހެނަކު ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ޓައިމސް އޮފް އިންޑިއާގެ އިއްޔެގެ ޢަދަދުގައި
ރިޕޯޓުކޮށްފައިވާގޮތުގައި އާގްރާގެ ކޯޓަކުން އެ ހުކުމް އިއްވާފައިވަނީ 2023 ގައި
ފުލުހުން ތަޙްޤީޤުކުރަން ފެށި މައްސަލެއްގެ ކުށް ސާބިތުވި ދެމީހެއްގެ މައްޗަށެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި 2023 ވަނަ އަހަރުގެ
އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭގައި އެ ދެމީހުންވެގެން ރޭޕުކޮށްފައިވަނީ އެ
ދެމީހުންގެ ރައްޓެއްސެކެވެ.
މައްސަލައިގެ ކުށް ދެމީހުންގެ މައްޗަށް ސާބިތުވެ
އުމުރަށް ޖަލަށް ލުމުގެ އިތުރުން އެކަކު 50 ހާސް އަދި އަނެކަކު 25 ހާސް ރުޕީސް
އިން ޖޫރިމަނާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް