ޒާރާ ޝިޔާމް ސެލެބްރޭޝަންސް ކަމަދޫގައި ފެށިގެން ކުރިއަށް !

މަހުޖަނު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި ކަމަދޫ އައިމިނަތު ޒާރާ (ކަމަދޫ) ޒާރާގެ ކައިވެނީގެ އުފަލުގެ ހަރަކާތްތައް މިރޭ ކަމަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި ހަރަކާތްތަކުގެ ގިނަ މަން...

12 Oct 2024 | 18:27

މަހުޖަނު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި ކަމަދޫ އައިމިނަތު ޒާރާ (ކަމަދޫ) ޒާރާގެ ކައިވެނީގެ އުފަލުގެ ހަރަކާތްތައް މިރޭ ކަމަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި ހަރަކާތްތަކުގެ ގިނަ މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވަމުން އަންނައިރު މުޅި ކަމަދޫ މި ހަރަކާތްތަކަށް ޒީނަތްތެރިކޮށް ދިއްލާލާފައިވާ މަންޒަރު އެ ވީޑީއޯތަކުން ފެނެއެވެ. އަދި ގިނަ ބަޔަކަށް އެކުގައި ކާން ތިބެވޭނެހެން ހަދާފައިވާ ޖާފަތްތަކާއި ބަޑިބޭހުގެ ބައެއް ކުޅިވަރުވެސް ވީޑީއޯތަކުން ފެނިގެންދެއެވެ.

ޕްރީ-ވެޑިންގެ ރަސްމިއްޔާތެއްގައި ޒާރާ ޝިޔާމަށް ކިޔާދިން ލަވަ ބޮޑު ސްކްރީނަކުން އަޅުވާފައިވާ މަންޒަރާއި މީގެ އިތުރުން އެ ލަވަ ބެކްގްރައުންޑް މިއުޒިކްގެ ގޮތުގައި ބޭނުންކުރާ އެކި މަންޒަރުތަކާއި ލައިވް މިއުޒިކާއި ކޭކުފެޅުންފަދަ ކަންތައްތައް އެ ވީޑިއޯތަކުން ފެނިގެންދެއެވެ.

މީގެ އިތުރުން މިރޭ ކަމަދޫގައި ހަވާއެރުވުންވެސް އޮތްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސިޔާމް-ޒާރާގެ ކައިވެނި ވެގެންގޮސްފައިމިވަނީ މި އަހަރުގައި ރާއްޖޭގެ ކުރެވޭ އަދި ގިނަ ބައެއްގެ ނަޒަރު އެ ކައިވެންޏަކަށް ހުއްޓިގެންދިޔަ ކައިވެންޏަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް