ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ކޫއްޑޫ އެއާޕޯޓަށް ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ ކޫއްޑޫއަށް ދަތުރުތައް އަލުން ފަށާނީ އެ އެއާޕޯޓުގެ މަސައްކަތް ނިމުމުން ކަމަށެވެ.
ކޫއްޑޫ އެއާޕޯޓަކީ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުން އޮޕަރޭޓްކުރަމުން އަންނަ އެއާޕޯޓެކެވެ. 2017 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް މަރާމާތުކޮށް ބަލަހައްޓަމުން ނުދާތީ އެ އެއާޕޯޓަކީ ދަތުރުކުރުން ރައްކާތެރި އެއާޕޯޓެއް ނޫންކަމަށް މޯލްޑިވިއަންގެ އޮފިޝަލަކު ކުރިން ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ދުރާލާ އެންގުމަކާ ނުލާ މިފަދަ ނިންމުމެއް ނިންމާފައިވާއިރު މޯލްޑިވިއަންއިން ވަނީ ކޫއްޑޫއަށް ކުރަން ހުރި ދަތުރުތައް މާވަރުލާއި އެ އަތޮޅުގެ އެހެން އެއާޕޯޓުތަކަށް ޑައިވާޓުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް