ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދަރަވަންދޫގެ އިތުރުން ދެ އެންމެ ވައި ގަދަވެފައިވަނީ މާލެއަށް ކަމަށް ވެސް އެ ރިޕޯޓުން ދައްކައެވެ.
އެގޮތުން މާލެއަށް ވިލާގަނޑުގައި56 މޭލަށް ވައިގަދަވެފައިވެއެވެ.
މެޓް އޮފީހުން މިއަދު އާއްމުކުރި ރެކޯޑުތަކުން އެނގޭގޮތުގައި މިދިޔަ ބުދަ ދުވަހު ދަރަވަންދޫއަށް55 މޭލަށް ވައި ޖެހިފައިވެއެވެ.
އަދި ވިލާގަނޑުގައި65 މޭލަށް ވައިގަދަވެފައިވެއެވެ.
އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެގޮތުން37.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަްށް ވަނީ36.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މާލެއަށް31.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މާލެ ސަރަހައްދުތަކުގެ އިތުރުން ދެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެ ރަށަށް34.5 މިލިމީޓަރުގެ ވާރޭ ވެހިިފައިވެއެވެ.
މެޓް އޮފީހުން ވަނީ އަންނަ ހޯމަ ދުވަހައި ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް