ޝިޔާމް އަދި ޒާރާގެ ދިފާއުގައި ޝެއިހު ޒައިދު- ބާލިޣުވެފައިވާ ދެމީހުން ކައިވެނިކުރުމުން ހަޖޫ ޖެހުމަކީ ދެރަކަމެއް!

ބާލިޣުވެފައިވާ ދެމީހުން ކައިވެނިކުރުމުން އެކަމަށް ހަޖޫ ޖެހުމަކީ ދެރަ ކަމެއް ކަމުގައި ޝެއިިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޒައިދު މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ. ޒައިދު ވިދާޅ...

12 Oct 2024 | 09:56

ބާލިޣުވެފައިވާ ދެމީހުން ކައިވެނިކުރުމުން އެކަމަށް ހަޖޫ ޖެހުމަކީ ދެރަ ކަމެއް ކަމުގައި ޝެއިިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ. ޒައިދު ވިދާޅުވީ މީހަކު ހަރާމް ގުޅުމެއް ހިންގައި، ރައްޓެހި ވެގެން އުޅުމަކީ ބައެއް މީހުންނަށް ހަޑިކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއްގައި އޭޖް ގެޕްގެ ވާހަކައެއްވެސް ނުދައްކާ ކަމަށެވެ.

"ބާލިޣުވެފައިވާ ދެމީހަކު ކައިވެނިކުރުމުން ހަޖޫ ޖެހުމަކީ ދެރަކަމެއް. ހަޖޫ ޖަހައި އިންކާރު ކުރަންވީ ޒިނޭއަށް" ޝެއިހް ވިދާޅުވިއެވެ.

ދ.މީދޫ ދާއިރާގެ މެންބަރު އަދި ކަމަދޫއަށް ނިސްބަތްވާ ޒާރާ ކައިވެނި ބައްލަވައިގަތުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ޝިިޔާމްގެ އުމުރަކީ55 އަހަރުކަމަށްވެފައި ޒާރާގެ އުމުރުން23 އަހަރުކަމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެ ދެމީހުންގެ ދޭތެރޭގައި32 އަހަރުގެ ތަފާތެއް ވީނަމަވެސް ކައިވެނި ކުރުމަށް ވަކި އުމުރުފުރާއެއް ދީނުގައި ކަނޑައަޅާފައެއް ނުވެއެވެ. ކައިވެނީގެ ޝަރުތު ތެރޭގައި ހިމެނެނީ ބާލިޣު ވުުމެވެ.

އެހެން ކަމުން އެކަމަށް ފާޑު ކިޔުމަކީ ވަރަށް ދެރަށް ކަމެއް ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް