ރޯހިތު ހޯދަން އުތުރު ތިލަފަޅަށް ދިޔަ މީހުން ގެއްލިއްޖެ: ރައީސް ސާލިހު

ރޯހިތު ހޯދުމަށް އުތުރުތިލަފަޅަށް ދިޔަމީހުން ގެއްލިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ކުޅުދޫފުށީ ސިޓީގައި މިއަދު ...

12 Oct 2024 | 08:29

ރޯހިތު ހޯދުމަށް އުތުރުތިލަފަޅަށް ދިޔަމީހުން ގެއްލިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ކުޅުދޫފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދާ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުނެވެ.

ރައީސް ސޯލިހު ވިދާޅުވީ، އުތުރުތިލަފުޅު އެއްބަސްވުމާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ޤާއިމްކުރުންވެސް މިހާރު އޯކޭ ވެއްޖެ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ނިންމެވި ގިނަ މަސައްކަތްތަކަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެންވެސް ކުރަން ޖެހިފައިވާ މަސައްކަތްތަކެއް ކަމުގެ އުފާވެރިކަންވެސް މިއަދު މި ސަރުކާރަށް ކުރެވޭ ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އޭރު ދެކޮޅު ހެދި ގިނަކަންތައތަކެއް އެ ފަރާތްތަކުން ވެރިކަމަށް އަހަރެން ނުވަނީސް ކޮށްފައިވާކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

"ރޯހިތު ހޯދަން ބަޔަކު އުތުރު ތިލަފަޅަށް ވެސް ދިޔަ. މިއަދު ހަމަ އެ އެގްރިމެންޓް ވެސް އޮތް ގޮތަށް ކުރިއަށް އެ ގެންދަނީ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރައީސް ސޯލިހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅުގައި ވަނީ އިންޑިއާއާއި އެކު ފަސް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

އަދި މީގެ އިތުރުން އިންޑިއާއިން ވަނީ400 މިލިއަން ޑޮލަރު އަދި30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން ހިމެނޭގޮތުން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް