އައްޑޫގައި ގެއަކަށް ވަގަކު ވަދެ ދުވަސްވީ މީހަކަށް އަނިޔާކޮށްފި

އައްޑޫ ސިޓީގައި ގެއަކަށް ވައްކަން ކުރަން ވަދެ އެ ގޭގައި އުޅުނު ދުވަސްވީ މީހަކަށް އަނިޔާކޮށްފިއެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގހެ ގެއަކަށް ވައްކަން ކުރަން ވައިން ވަގަކު އެގޭގައި ދިރިއުޅޭ ދުވަސްވީ މީ...

12 Oct 2024 | 08:15

އައްޑޫ ސިޓީގައި ގެއަކަށް ވައްކަން ކުރަން ވަދެ އެ ގޭގައި އުޅުނު ދުވަސްވީ މީހަކަށް އަނިޔާކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގހެ ގެއަކަށް ވައްކަން ކުރަން ވައިން ވަގަކު އެގޭގައި ދިރިއުޅޭ ދުވަސްވީ މީހަކަށް ފެނުމުން އެމީހާއަށް ހަމަލާދީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާގެ ދަރިއަކު ސޯސަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ސ.މަރަދޫ ގުލްބަހާރުގޭގައި ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަގަކު ވަދެ އުޅެނިކޮށް އޭނާގެ ބައްޕައަށް އެތަން ފެނުމުން އޭނާގެ ބައްޕަ ކޮށްޕާ ވައްޓާލުމުގެ ސަބަބުން އޭނާގެ ބައްޕައަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ލިބިފައި ކަމަށް އޭނާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ ހާދިސާތައް އިތުރު ވަމުން ދާ ކަމާއި ތިން ހާހެއްހާ މީހުންގެ އާބާދީ އޮންނަ އެ ކުޑަ މުޖުތަމައުން ކުށްކުރާ މީހުންގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް