އިންޑިއާ އައުޓަކީ ރައީސް ޔާމިންގެ ފިލޯސަފީއެއް: މުބީން

އިންޑިއާ އައުޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ފިލޯސަފީއެއް ކަމަށް ރީޖަނަލް އެއާޕޯޓު ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖްޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކު...

12 Oct 2024 | 07:49

އިންޑިއާ އައުޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ފިލޯސަފީއެއް ކަމަށް ރީޖަނަލް އެއާޕޯޓު ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖްޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅަސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެކަމަށް ރައްދުދެއްވަމުން މުބީން ވިދާޅުވީ މި ސަރުކާރުން އެއްވެސް ގައުމަކާއި ޖައްސާލައިގެން ނޫޅުއްވާ ކަމަށެވެ.

އަދި އިންޑިއާ އައުޓް ކެމްޕޭން އަކީ ޕީއެންސީ އާއި ރައީސް މުއިއްޒުގެ ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ރައީސް ޔަާމިންގެ ވިސްނުންފުޅެއް ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް އެ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރުން މިހާރު ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް