ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ދެންމެ ބުނީ މިއަދު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.
"އެކްސިޑެންޓްގައި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައި" ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އެ ކުއްޖާގެ އުމުރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް