އިސްރާއީލުން ލުބުނާނަށް މިހާރު ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވާ މީހުންގެ އަދަދު 60 އަށް އަދި ޒަޚަމްވެފައިވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި 168 އަށް އަރާފައިވާކަމުގައި ލުބުނާނުގެ ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީއިން ބުނެފައިވާގޮތުގައި މި އަދަދުތަކާއެކު މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،229 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 10،380 އަށް އަރާފައެވެ.
ލުބުނާނުގެ ކްރައިސިސް ރެސްޕޮންސް ޔުނިޓުން ބުނެފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ވައިގެ 57 ހަމަލާއެއް ދީފައިވެއެވެ. އެ ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކާއި ވެރިރަށް ބޭރޫތުގެ ދެކުނުގެ ސަރަހައްދުތަކުގެ އިތުރުން ލުބުނާނުގެ ބެކާ ވެލީ އަށެވެ.
ނިމިދިޔަ ސެޕްޓެމްބަރުމަހުގެ ފަހު ހަފްތާއިން ފެށިގެން އިސްރާއީލުން އަންނަނީ ލުބުނާނަށް ސީދާ ހަމަލާތައް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް