ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި މި އަހަރުވެސް ޑރ. ޝަހީމް

މުސްލިމް 500 އިން ކޮންމެ އަހަރަކު ނެރެމުން އަންނަ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ މަގްބޫލް 500 މުސްލިމުންގެ ތެރޭގައި މި އަހަރުވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ. މުސ...

12 Oct 2023 | 17:45

މުސްލިމް 500 އިން ކޮންމެ އަހަރަކު ނެރެމުން އަންނަ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ މަގްބޫލް 500 މުސްލިމުންގެ ތެރޭގައި މި އަހަރުވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ.

މުސްލިމް 500 އަކީ "ދަ ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީސް ސެންޓަރ" ރިސާފް ފާމް އިން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނެރެމުން އަންނަ ރޭންކިންއެކެވެ. ކޮންމެ އަހަރެއްގެވެސް ފަހު ކުއާޓާގައި ކުރިއަށް އޮތް އަހަރަށް އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ރޭންކިންގް އެ ދިރާސާގައި ހާމަކުރެއެވެ.

އެގޮތުން މި އަހަރުގެ ރޭންކިންގައި ޑރ. ޝަހީމް ހިމެނިވަޑައިގެންފައިވަނީ 135 ވަނައިގައެވެ. އޭގެ ކުރީ އަހަރުގެ ރޭންކިންގައި ޑރ. ޝަހީމް 145 ވަނައިގާ އޮތް އިރު މިއީ 10 ދަރަޖައިގެ ކުރިއެރުމެކެވެ.

މި ލިސްޓުގެ އެއްވަނައިގާ ވަނީ ޝެއިޚް އަލް-ހަބީބް އުމަރް ބިން ހާފިޒެވެ. ޔަމަނަށް ނިސްބަތްވެވަޑައިގަންނަވާ މި ދީނީ އިލްމުވެރިޔާގެ ފޮލޯވަރުންގެ އަދަދު މިލިޔަނުން ގުނާލެވޭކަން އެ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

ލިސްޓުގެ ދެވަނައިގާ ވަނީ ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލް-އަޒީޒް އަލް-ސައުދެވެ. ތިންވަނައިގާ އިރާނުގެ ސުޕްރީމް ލީޑަރު ސައްޔިދު އަލީ ޚާމެނާއީ ހިމަނާފައިވާއިރު ގަތަރުގެ ރޫލަރ އެމީރް ޝެއިޚް ތަމީމް ބިން ހަމަދް އަލް-ތާނީއެވެ.

އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓު 15 އަހަރު ނެރެފައިވާއިރު ޑރ. ޝަހީމް ވަނީ ފާއިތުވި 14 އަހަރު މި ލިސްޓުގެ އެކި ރޭންކިންތަކުން ޖާގަ ހޯއްދަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް