ހަމާސްގެ ހަނގުރާމަވެރިން ކުޑަކުދިންގެ ބޯ ކަނޑާލާ ފޮޓޯތައް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ގައުމީ ޓީވީގައި ދޮގު ވިދާޅުވުމާ ގުޅިގެން ވައިޓް ހައުސްއަށް މަޖުބޫރުވީ އޭނާގެ ވާހަކަ އަނބުރާ ގެންގޮސް ސާފުކޮށްދިނުމަށެވެ.
ބުދަ ދުވަހު އެމެރިކާގައި ތިބި ޔަހޫދީ މުޖުތަމައާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ ހަމާސް ޖަމާއަތާ އެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިޒްރޭލަށް އޭނާގެ ސަރުކާރުން ފުރިހަމަ އަށް ތާއީދުކުރާ ކަމަށާއި އެމެރިކާގެ ހާލުގައި ޖެހިފައިވާ މީހުން މިނިވަން ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ބިރުވެރިކަން ވަރަށް ސާފުކޮށް ސިފަކުރައްވަމުން ބައިޑަން ވިދާޅުވީ "ޓެރަރިސްޓުން ކުޑަކުދިންގެ ބޯ ކަނޑާލާ ފޮޓޯތައް ފެންނާނެ ކަމަށް ހަގީގަތުގައި ދުވަހަކުވެސް ހީނުކުރާ ކަމަށެވެ". ނަމަވެސް އޭނާ މިހެން ބުނުމާއެކު ވައިޓް ހައުސްއަށް މަޖުބޫރުވީ އޭނާ އެ ދޮގު ވާހަކަތައް ދެއްކެވީ އިސްރާއީލުން ކުޑަކުދިން ކަތިލާ ކަމަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެވެ.
ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ބައިޑަން އާއި އެހެނިހެން އޮފިޝަލުން "އެފަދަ ރިޕޯޓްތައް މިނިވަންކަމާ އެކު ފެނިފައި ނުވާ ކަމަށާއި އަދި އެފަދަ ރިޕޯޓްތައް ކަށަވަރުކޮށްދީފައި ނުވާ" ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބައިޑަން މިހެން ވިދާޅުވީ ކުޑަކުދިން މަރާލާކަމަށް އިޒްރޭލުން ކުރާ ތުހުމަތުތަކަށް ރިއާޔަތްކޮށް ކަމަށާއި، ބޮލުގެ އިސްތަށިގަނޑު ކަނޑާލާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވާ ކަމަށެވެ.
އުމުރުގެ މައްސަލަތަކުގެ އެޕިސޯޑްތައް ދާދި ފަހުން އިތުރުވުމާ އެކު، އެމެރިކާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދާދި ފަހުން ވަނީ 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ރަނގަޅު ޗޮއިސްއަކަށް ވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދައިފަ އެވެ.
މީގެ އިތުރުން، ވެރިފިކޭޝަނަކާ ނުލައި ބައިޑަން އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން، އެމެރިކާއިން އޭނާ އެ ގައުމުގެ ރައީސަކަށް ހޮވާނެކަމާ މެދު ސުވާލު އުފެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް