މޯލްޑިވްސް އޮތެންޓިކް ކްރާފްޓް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް)ގެ ފަރާތުން، ގޮނޑީގައި ނައިލޯނު ފުރަން ދަސްކޮށްދޭ ވޯކްޝޮޕެއް މިމަހު 15 ގައި ފަށަން ތައްޔާރު ވެއްޖެއެވެ.
އެމްއޭސީސީއެސް އަކީ 2011 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރި ވަމުން އަންނަ ކޯޕަރޭޓިވް ސޮސައިޓީއެވެ. ހުސް އަންހެނުން އެކުލެވިގެން އުފައްދާފައިވާ މި ސޮސައިޓީގެ އެއް މަގުސަދަކީ، ނެތިގެންދާދިވެހި ސަގާފީ އަތްތެރި މަސައްކަތްތައް ދިރުވާ އާލާކުރުމެވެ.
ގޮނޑީގައި ނައިލޯނު ފުރުން ފަދަ ކަންތައްތަކަކީ މިހާރަކަށްއައިސް ކޮށްއުޅޭ ކަންތައްތައް ކަމަށް ނުވާތީ، އެކަން އާލާކުރުމަށް ޓަކައި މިފަދަ ވޯކްޝޮޕެއް ކުރިއަށް ގެންދަން ނިންމީ ކަމަށް މެކްސްއިން މައުލޫމާތު ދެއެވެ.
ކޯހުގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއް އެމްއޭސީސީއެސްއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުމުލަ 10 ޖާގައަށް ހުޅުވާލާފައިވާ ފަސް ދުވަހުގެ މި ކޯސް ކުރިއަށް ދާނީ މާލޭގައި، ރޭގަނޑު 8:00ން 10:00 އަށެވެ. ކޯހުގެ ފީއަކީ 2500 ރުފިޔާއެވެ.
ކޯހުގައި ބައިވެރިވުމަށް ގުޅުއްވާނީ 7673764 އަށް ކަމަށް އެމްއޭސީސީއެސްއިން ބުނެއެވެ. މިއީމިފަދަފުރަތަކޯސްކަމަށްވާތީ މިކޯހަށްތަރުހީބުލިބޭ މިންވަރަކުންއިތުރުކޯހެއް މުސްތަގްބަލުގައިހިންގަން ވިސްނާނެކަމަށް މެކްސްއިން ބުނެއެވެ.
މި ކޯހުގައި ކިޔަވައިދޭނީ މި މަސައްކަތް ދަންނަ ހުނަރުވެރިފަރާތެއް ކަމަށް މެކްސްއިން ބުނެއެވެ. އަދި މީގެކުރިންވެސް އެހެނިހެން އަތްތެރި މަސައްކަތްތައް އެ އެސޯސިއޭޝަނުން ހިންގާފައި ވާއިރު، ކޮންމެ ކޯހަކަށްވެސް ވަރަށް ތަރުހީބު ލިބޭ ކަމަށް އެ ކޯޕަރޭޓިވް ސޮޝައިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް