ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ރަނގަޅު ނޫންކަމުގައި މެޓުން ބުނެފިއެވެ.
މެޓުން މިހެން ބުނެފައިވަނީ މިއަދު އާންމުކޮށްފައިވާ ހަފްތާ ބަންދު މޫސުން ބުލެޓިންގައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވާގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ. އަދި މެދުރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެވެ.
ހަފްތާ ބަންދުގައި ދެކުނުގެ މޫސުމަށް ބަލައިލާއިރު ހުކުރު ދުވަހު ދެކުނަށް ވައިގަދަވާނެ ކަމަށާއި ނަމަވެސް ހޮނިހިރު ދުވަހު ދެކުނަށް މޫސުން ރަނގަޅުވާނެ ކަމުގައިވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް