ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިޔަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ

ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) ން ބުނީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންވެ ކުރިޔަށް އޮތް...

12 Oct 2022 | 16:49

ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) ން ބުނީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންވެ ކުރިޔަށް އޮތް ހަފްތާ ބަންދާއި އެކު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ.

އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދު ރާއްޖެ ތެރެއަށެވެ.

އެ ސަރަހައްދުގެ ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ބައެއް ރަށްރަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

މިހާރުވެސް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެހީ ހަވީރު6:00 ން މިރޭ12:00 އަށެވެ.

އެވަގުތުތަކުގައި އާންމު ގޮތެއްގައި މުޅި ރާއްޖެއަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މެޓުން ވަނީ މިރެއާއި ކުރިޔަށް ހަތަރު ދުވަހުވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް