ކްލޯއީ ކާޑޭޝަންގެ މޫނުން ޓިއުމަރެއް ނަގައިފި!

އެމެރިކާގެ މަޝްހޫރު ކާޑޭޝަން އާއިލާގެ ކްލޯއީ ކާޑޭޝަންގެ މޫނުން ޓިއުމަރެއް ނަގާފައިވާ ކަމަށް އޭނާ ބުނެފި އެވެ. ކްލޯއީ އަކީ އެއާއިލާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ނުފޫޒު ގަދަ ކިމް ކާޑޭޝަންގެ ކޮއްކޮ...

12 Oct 2022 | 15:02

އެމެރިކާގެ މަޝްހޫރު ކާޑޭޝަން އާއިލާގެ ކްލޯއީ ކާޑޭޝަންގެ މޫނުން ޓިއުމަރެއް ނަގާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ކްލޯއީ އަކީ އެއާއިލާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ނުފޫޒު ގަދަ ކިމް ކާޑޭޝަންގެ ކޮއްކޮ އެވެ.

ކްލޯއީ އިންސްޓަގްރާމްގައި ބުނީ އޭނާ މޫނުގައި އުފެދުނީ ވަރަށް ކުޑަ ޓިއުމަރެއް ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން އެމަޖެންސީކޮށް އޮޕަރޭޝަން ނަގާފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

އޭނާ ބުނީ މޫނުގައި ޓިއުމަރު އިން ތަނުގެ ކުލަ ބަދަލުވުމުން ފުރަތަމަ ހީކުރީ އާދައިގެ ކަމެއް ކަމަށާއި ޑޮކްޓަރުގެ ލަފާ ހޯދީ ހަތް މަސްވި އިރުވެސް އެ ނުފިލުމުން ކަމަށެވެ.

އަދި އެ ޓިއުމަރަކީ އާންމުކޮށް ފެންނަ ޓިއުމަރެއް ނުވަތަ ޓިއުމަރެއް ނަގާތަނެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެހެންވެ އޭނާ ވަނީ މޫނު މަތިން ތަފާޓު ކަމެއް ފާހަގަވެ އުނދަގުލެއް ވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައި އެވެ.

މީގެ ކުރިން އުމުރުން 19 އަހަރުގައި ކްލޯއީ ވަނީ މައިބަދައިގެ ބަޔަކަށް ކެންސަރު ޖެހިގެން އޮޕަރޭޝަނެއް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް