ފްލައި ދުބާއީގެ ދަތުރުތައް ފެބްރުއަރީގައި ގަމަށް ފަށަނީ، ދުވާލަކު ދަތުރެއް ކުރާނެ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާކަން އިއުލާނުކޮށްފި އެވެ. ބައިނަލް އ...

12 Oct 2022 | 14:41

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާކަން އިއުލާނުކޮށްފި އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ. މި ދަތުރުތަކާއި އެކު އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ކުރާ ދަތުރުތަކުގެ އަދަދު28 އަށް އިތުރު ވާނެ އެވެ.

މި ދަތުރުތަކަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ދުބާއީ ގަމަށް ދެކޮޅު ދަތުރު ނަގާނަމަ ޓިކެޓެއްގެ އަގަކީ2،014 އެމެރިކާ ޑޮލަރަށެވެ. ގަމުން ދުބާއީއަށް ދެކޮޅު ޓިކެޓު ނަގާނަމަ އަގަކީ1،600 ޑޮލަރެވެ.

މި ދަތުރުތައް ފެށުނުކަން އިއުލާނުކޮށް ފްލައި ދުބާއީގެ ސިއީއޯ ޣައިތު އަލް ޣައިތު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް ހިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ފްލައި ދުބާއީ މިހާރު ރާއްޖެއަށް ދަތުރު ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަންޏެވެ. އެއީ ހަފްތާއަކު21 ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް