މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުން އޮތީ އެމްއެމްސީގައި އެވެ.
ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ދޭ މި އެވޯޑުގެ ސްޕޮންސަރުންނާއި އެކު އެމްއެމްސީން މިހާރު ދަނީ ސޮއި ކުރަމުންނެވެ.
އުރީދޫއިން މިފަދަ އެވޯޑެއްގައި ބައިވެރިވެ ދިވެހި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
https://twitter.com/OoredooMaldives/status/1579154251900604416?s=20&t=7Rno7mH37hE-RtTlOuFG7Q
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް