ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަޤާމަށް ސަން ސިޔާމް

ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ހަމަޖައްސައިފި އެވެ. މިކަން ހާމަކުރީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު...

12 Oct 2022 | 09:51

ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ހަމަޖައްސައިފި އެވެ.

މިކަން ހާމަކުރީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލެއްވުން ސިޔާމްގެ އަރިހުން އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ރޫމޭނިއާގެ ފޮރިން މިނިސްޓަރު ބޮގްޑަން އައުރެޝްޗު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގައި ހުންނަވާ އެގައުމުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވިކަން ހާމަކޮށްފައި އެވެ.

ރާއްޖެއާއި ރޫމޭނިއާގެ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރޫމޭނިއާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންތައްތަކާ ގުޅުން ހުރި އިރުޝާދު ސިޔާމަށް ދެއްވާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށް ދާދި ފަހަކާ ޖެހެންދެން ހުންނެވީ މުހައްމަދު މާހިރު ދީދީއެވެ.

ރޫމޭނިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރީ 1979ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް