ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވީނަމަވެސް އިތުރު މައުލޫމާތު ހިއ...

12 Oct 2022 | 08:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވީނަމަވެސް އިތުރު މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެއެވެ.

ރައީސް ސާލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަލާވެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

އެ ގައުމުގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބަޙްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފަ އެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން އެ ގައުމުގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ރައީސާއި އިތުރަށް މަޝްވަރާކުރެއްވި އެވެ.

ރައީސް ސާލިހު ފުރާވަޑައިގެންނެވިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންޓަނަށް މިއަދުފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް