ތެރަޕިއުޓިކް ދާއިރާއިން މެލޭޝިއާގައި ކިޔަވަން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

ތެރަޕިއުޓިކް ދާއިރާއިން މެލޭޝިއާގައި މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޮލާޝިޕްތަކަކަށް ހުލުވާލައިފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ އަށް ދިވެހިންނަށެވެ. އެއީ ވަކި...

12 Oct 2022 | 07:16

ތެރަޕިއުޓިކް ދާއިރާއިން މެލޭޝިއާގައި މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޮލާޝިޕްތަކަކަށް ހުލުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ އަށް ދިވެހިންނަށެވެ. އެއީ ވަކި ހޮސްޕިޓަލްތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވާން ޖެހެ އެވެ.

އެ ހޮސްޕިޓަލްތައް ކަނޑައަޅާފައިވަނީ ހެލްތް މިނިސްޓްރީންނެވެ. އެޕްލިކޭޝަން ހުށަހެޅޭނެ ހޮސްޕިޓަލްތަކަކީ:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - 1

ގަން ރީޖަނަލް ހޮސްޕިޓަލް - 1

ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް - 1

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް - 1

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - 1

ހުޅުމާލެ ހޮސްޕިޓަލް - 1

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - 2

ސްކޮލާޝިފް ހުޅުވާލާފައިވަނީ މާސްޓާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ/ ޑިވެލޮފްމެންޓް ޑިސްއެބިލިޓީ އަދި މާސްޓާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ކިޔަވަން ށެވެ. މިއީ ފުލް ފަންޑެޑް ސްކޮލާޝިޕެއް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމް ހާސިލްކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު ރާއްޖެއަށް ހިދުމަތްކޮށްދީފައިވާ މީހަކަށްވުން ހިމެނެއެވެ.

އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ މީހެއް ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި އެ މީހަކު އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެށް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސޮކޯލާޝިޕަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:30 އެވެ. ފޯމު ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް