ރައީސް ނަޝީދު މިރޭ ވޮޝިންޓަނަށް ފުރާވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޮޝިންޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅު ދ...

12 Oct 2022 | 04:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޮޝިންޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެލައްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ފަރާތުން ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ސީވީއެފުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ބައްދަލުވުމުގައި ސީވީއެފްގެ ފަރާތުން ރައީސް ނަޝީދާއެކު 20 ގައުމެއްގެ ފިނޭންސް މިނިސްޓަރުން ބައިވެރިވެލައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް