ޗެމްޕިއަންސް ލީގު: މެކަބީ ހައިފާއިން ޔުވެންޓަސް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ޔުވެންތަސްއާއި ދެކޮޅަށް ކުޅުނު މެޗު އިޒްރޭލުގެ މެކަބީ ހައިފާ އިން ކާމިޔާބު ކޮށްފިއެވެ. މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މެކަބީ ހައިފާއިން ކާމި...

12 Oct 2022 | 04:35

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ޔުވެންތަސްއާއި ދެކޮޅަށް ކުޅުނު މެޗު އިޒްރޭލުގެ މެކަބީ ހައިފާ އިން ކާމިޔާބު ކޮށްފިއެވެ.

މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މެކަބީ ހައިފާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި މެކަބީ ގައިފާއިން ކާމިޔާބު ކުރި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެޓީމުގެ ފުރަތަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު މެކަބީ ހައިފާއަށް ކާމިޔާބު ކޮށްދިނީ އަޓްޒިލީއެވެ.

މެކަބީ ހައިފާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް މެކަބީ ހައިފާއަށް ކާމިޔާބު ކޮށްދިނީ އަޓްޒިލީއެވެ. މިއީ މެކަބީ ހައިފާއިން މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ހަމައެކަނި މެޗެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ހަތަރުގެ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ.

ރޭގެ މި ނަތީޖާއާއި އެކު ޔުވެންޓަސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައިގައެވެ. ހަމަ މި އަދަދަށް މެކަބީ ހައިފާއަށް ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން އެޓީމު އޮތީ ހަތަރު ވަނާގައެވެ. ދެވަނާގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިގެން ބެންފީކާއެވެ. އެއްވަނާގައި އޮތީ އަށް ޕޮއިންޓާއި އެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެން ޕީއެސްޖީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް