ޗެމްޕިއަންސް ލީގު: ސެވިއްޔާ އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު އެއްވަރު، ސިޓީ ދެވަނަ ބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގެ ދެ ވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ސެވިއްޔާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއި...

12 Oct 2022 | 04:14

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގެ ދެ ވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ސެވިއްޔާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ރޭ ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޑޯޓްމަންޑުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސެވިއްޔާ އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ޖަހައިދިނީ އީވާން ރަކިޓިޗްގެ އެހީތެރިކަމާއި އެކު ނިއާންޒޯއެވެ. ސެވިއްޔާއިން ލީޑު ނަގާފައި ވަނިކޮށް ޑޯޓްމަންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު ކާމިޔާބު ކުރީ ޖޫޑް ބެލިންހަމްއެވެ.

ރޭގެ މި ނަތީޖާއާއި އެކު ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިގެން ޑޯޓްމަންޑް އޮތީ ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. ހަތަރަު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ސެވިއްޔާ އޮތީ ތިން ވަނައިގައެވެ. ހަމަ މި އަދަދަށް ކޯޕަންހޭގަން އަށް ވެސް ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާއަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގެ އެއް ވަނައިގައިއޮތީ މެންޗެސްޓަރ ސިޓީއެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ.

ރޭގެ މި މެޗު އެއްވަރުވުމާއި ގުޅިގެން ގުރޫޕުގެ އެއްވަނާގައި އޮތް ސިޓީއަށް ވަނީ ދެވަނަ ބުރު ޔަގީންވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް