ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އަދި ބެންފީކާ ބައްދަލުކުރިި ދެ ވަނަ ލެގުގެ މެޗުވެސް އެއްވަރުވެއްޖެއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ބެންފީކާގެ ދަނޑުގައި ކުލުނު ފުރަތަމަ ލެގުގެ މެޗު ވެސް އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ލިއޮނެލް މެސީ އާއި ނުލާ ޕީއެސްޖީން ރޭ ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު، ރޭގެ މި ނަތީޖާއާއި އެކު ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއި އެކު ގުރޫ އެޗްގެ އެއްވަނާގައެވެ. ހަމަ މި އަދަދަށް ބެންފީކާއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނީ ގޯލުގެ ފަރަގުންނެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. ޕީއެސްޖީން ލީޑު ނެގީ މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މި ޕެނަލްޓީ ލަނޑާއި އެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ރޭގެ ލަނޑާއި އެކު އެމްބާޕޭ ޕީއެސްޖީއަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީީ 31 އަށް އަރާފައެވެ.
ޕީއެސްޖީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީނަތީޖާ ހަމަހަމަކޮށްފައެވެ. ބެންފީކާއިން ނަތީޖާ ހަމަހަކުރީ ލިބުނު ޕެމަލްޓީއަކުންނެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޢޯ މާރިއޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް