ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެ ސަރަހައްދަށް ފެތުނު ބޯޓަކުން ހޯދި އަގުހުރި ރިހިފޮތިތަކުގެ މައްސަލަ ދެކުނު އެފްރިކާއަށް ނާކާމިޔާބު ވެއްޖެއެވެ.
"އެސްއެސް ތިލާވާ" ނަމަކަށްކިޔާ ބޯޓަކުން އެ ރިހި ފޮތިތައް އިންޑިއާއިން ދެކުނު އެފްރިކާއަށް ގެންދަނިކޮށް ޖަޕާނުން ދިން ޓްރޮޕީޑޯ ހަމަލާއެއްގައި އެ ބޯޓު ފެތުނެވެ. އެއަށްފަހު 2017 ވަނަ އަހަރު ކުރިއަށްގެންދިޔަ "އެކްސްޕެޑިޝަން"އެއްގައި މި ރިހި ފޮތިތައް ހޯދީ ކާރު ރޭސް ޖެހުމުގައި ކުރިން މަޝްހޫރު ފަރާތެއް ކަމުގައިވާ ރޮސް ހަޔާތު އަދި އޭނާގެ ޓީމަކުންނެވެ. މި ރިހި ފޮތިތައް ހޯދައި އޭނާ އާއި އޭނާގެ ޓީމުން މި ރިހިފޮތިތައް ނަގައިގެން ގެންގޮސްފައިވާއިރު ދެކުނު އެފްރިކާއިން މި މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅީ އެއީ އެ ގައުމުގެ ރައުސުލްމާލު ކަމަށް ބުނެއެވެ.
ތާރީހުގައިވެސް ލިޔެވިފައި އޮތީ އެ ރިހި ފޮތިތަކަކީ އިންޑިއާއިން ގަނެގެން ދެކުނު އެފްރިކާއަށް ގެންދަން އުޅުނު ރިހި ފޮތިތައް ކަމަށެވެ.
ނަމަވެސް ކޯޓުން މި މައްސަލައިގާ ހުކުމް ކުރީ ދެކުނު އެފްރިކާއާއި ދެކޮޅަށެވެ. ދެކޮޅަށް ހުކުމްކުރި އެއް ސަބަބުގެ ތެރޭގައި އެ ރިހި ފޮތިތައް ހޯދަން އެ ގައުމުން މަސައްކަތެއްކޮށްފައިނުވުން ހިމެނެއެވެ.
1942ގައި ފެތުނު އެ ބޯޓު ފެތެން މެދުވެރިވި ސަބަބަކީ ޖަޕާނުގެ ޓޯޕީޑޯ ހަމަލާއެއް ކަމަށާއި އެ ބޯޓު ފެތުނުއިރު އޭގައި 954 މީހަކު ތިބި ކަމަށާއި އޭގެން ބަޔަކު ސަލާމަތްވި ކަމަށްވެސް ތާރީހީ ލިޔުންތަކުގައި ލިޔެފައިވެއެވެ.
https://twitter.com/dhuvasmv/status/1354096171883573248
މިދިޔަ އަހަރު މި މައްސަލައާއި ގުޅޭގޮތުން ދުވަސް ނޫހުގައި ލިޔެފައިވާ އާޓިކަލް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް