ގޭ ކުޑަދޮރު ކައިރީ ހުންނަވައިގެން ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި އެވެ. އެމަނިކުފާނު ގައުުމީ ޓީމަށް ހިތްވަރުދެއްވީ ގޭ ކުޑަދޮރުން ބޯދިއްކޮށްގެން ހުންނަވައިގެން އަތުން އިޝާރާތް ކުރައްވައިގެންނެވެ. ހ...

12 Oct 2021 | 18:01

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

އެމަނިކުފާނު ގައުުމީ ޓީމަށް ހިތްވަރުދެއްވީ ގޭ ކުޑަދޮރުން ބޯދިއްކޮށްގެން ހުންނަވައިގެން އަތުން އިޝާރާތް ކުރައްވައިގެންނެވެ. ހިތްވަރު ދެއްވީ ގައުމީ ޓީމުގެ ކުޅުންތެރިން ބޮޑުތަކުރުފާނުމަގުން ޕްރެކްޓިސްއަށް ދިޔަ ގަޑިއާއި ދިމާކޮށެވެ.

ޓީމުގެ މެމްބަރުންވެސް ވަނީ އަތުން އިޝާރާތް ކުރައްވާ ރައީސް ޔާމީނާއި ސަލާމް ކުރައްވާފަ އެވެ.

އެވަގުތު އެމަނިކުފާނުހުންނެވީ ގައުމީ ޓީމުގެ ޖާޒީއެއް ތުރު ކުރައްވައިގެންނެވެ. އަދި އެމަނިކުފާނުގެ ގެ ކޮޅުގައި ބޮޑު ދިވެހި ދިދައެއް މަތިން ތިރިއަށް ދަމާލާފައި ހުއްޓެވެ.

https://twitter.com/IbrahimShujaau/status/1447933330108862481

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް