ތައިމޫރު ކޮއްކޮ ދެކެ ވާ ލޯބިން އިބްރާހިމް އެއް ވައްތަރު ޓެޓޫއެއް ޖަހައިފި

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ކޮއްކޮ ތައިމޫރު އަލީ ހާން ދެކެ ވާ ލޯބި ދައްކާލަން އެއްވައްތަރު ޓެޓޫ ޖަހައިފި އެވެ. އިބްރާހިމް އަކީ ސައިފްގެ ފުރަތަމަ އަ...

12 Oct 2021 | 15:32

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ކޮއްކޮ ތައިމޫރު އަލީ ހާން ދެކެ ވާ ލޯބި ދައްކާލަން އެއްވައްތަރު ޓެޓޫ ޖަހައިފި އެވެ.

އިބްރާހިމް އަކީ ސައިފްގެ ފުރަތަމަ އަނބިމީހާ އަމްރިތާ ސިންގްއަށް ލިބުނު ދެ ވަނަ ދަރިފުޅެވެ. ސައިފްގެ ދެ ބަނޑަށް ހަތަރު ކުދިން ތިއްބަސް އެ ކުދިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަކަން އާއިލާ މީހުން އާންމު ކުރާ ފޮޓޯތަކުން އެނގެ އެވެ.

ސައިފްގެ ކޮއްކޮ ސަބާ އަލީ ހާން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އިބްރާހިމް އާއި ތައިމޫރުގެ ފޮޓޯއެއް ހިމެނުމަށް ފަހު ބުނެފައިވަނީ އެއީ އެއްމާބަނޑު ދެބެއިން ކަމަށެވެ. އަދި ދެ ކުދިންގެ އަތުގައި އެއް ތަނެއްގައި ޓެޓޫ ޖަހާފައިވާ ކަމަށް ބުނެ ފޮޓޯއެއްވެސް އާންމުކޮށްފައިވެ އެވެ.

ސަބާ ބުނެފައިވާ ގޮތުގައި ފުރަތަމަ ނިންޖާ ޓެޓޫ ޖެހީ ތައިމޫރު ކަމަށާއި އިބްރާހިމްއަށް އެ ފެނުމުން ކޮއްކޮ ޖަހާފަ އިންކަލަ ޓެޓޫއެއް ޖަހަން ބޭނުން ކަމަށް ބުނެ ޖަހާލީ ކަމަށެވެ. ސަބާ ވަނީ އިބްރާހިމް ކޮއްކޮ ދެކެ ވާ ލޯބި ފެނުމުން އުފާވާ ކަމަށް ބުނެފަ އެވެ.

https://www.instagram.com/p/CUrKx1RohGT/

ކަރީނާވެސް ވަނީ އިބްރާހިމް އާއި ތައިމޫރު އެއްވައްތަރު ޓެޓޫ ޖެހިކަން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފަ އެވެ. އަދި އޭގެ ކުރިންވެސް ސައިފްގެ ހަތަރު ދަރިންގެ ގުޅުން ބަދަހިކަން ދައްކައިދޭ ފޮޓޯ ކަރީނާ، ސައިފް އަދި ސާރާ އަލީ ހާންވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް