ރައީސް ނަޝީދަށް ދެއްވާ ސެކިއުރިޓީ ރީކޯ މޫސަ ބޭނުންވާނެ: ދޮންބިލެތް އަހްމަދު

އެމްޑީޕީގެ އިސް މަގާމުތައް ކުރިން ފުރުއްވާފައި ތިއްބެވި ބައެއް މެމްބަރުންނާއި އެކިއެކި ސަބަބުތަކާ ހުރެ ޕާޓީން ވަކިކުރެވިފަ ތިބި މެމްބަރުން ވަަރަށް ހިތްދަތިވާ މަންޒަރުތަކެއް ފެންނަމުންދާ ކަމަށް ބިލެއްދ...

12 Oct 2021 | 14:34

އެމްޑީޕީގެ އިސް މަގާމުތައް ކުރިން ފުރުއްވާފައި ތިއްބެވި ބައެއް މެމްބަރުންނާއި އެކިއެކި ސަބަބުތަކާ ހުރެ ޕާޓީން ވަކިކުރެވިފަ ތިބި މެމްބަރުން ވަަރަށް ހިތްދަތިވާ މަންޒަރުތަކެއް ފެންނަމުންދާ ކަމަށް ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިކިއުރިޓީ ވަރުގަދަކޮށް، ކާރުގެ ފަހަތުން ދުވުމަކީ އެއްގޮތަކަށް ވެސް ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ރައީސް ނަޝީދު، ރައީސް ނަޝީދަކަށް ވެވަޑައިގަތީ ވެސް ދިވެހި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ފެއްޓެވީމަ. ހޮޓާތަކަށް ވަންނަވާތީ. ހޮޅުއަށިތަކުގަ އިންނަވާތީ. އެއީ ރައީސް ނަޝީދުގެ މަގުބޫލުކަން އިތުރުވެގެން އައީ. އަދިވެސް އެމަނިކުފާނު ބޭނުްނފުޅުވަނީ އެމަގަށް މަސައްކަތް ކުރަން." ދޮންބިލެތް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިރާއްޖެ މިއަދު ދައްކާ ހަގީގަތަކީ އެއީ ނޫން ކަމަށާއި އެމަނިކުފާނަށް އެއަށްވުރެ ބޮޑު ތްރެޓެއް އެބައޮތް ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު، އެ ފެންވަރުގައި އުޅުއްވަން ވަަރަށް ބޭނުންވާނެ ކަމަށެވެ. އެ ސެކިއުރިޓީ ވެސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ. އެެހެންނަމަވެސް ހިތްދަތިވަނީ އެއަށްވުރެބޮޑު ގަދަރެއް އެހެންބޭފުޅަކަށް ލިބުނީމާ ކަަމަށް ވެސް ދޮންބިލެތް ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން އެކި ސަބަބުތަކާހެދި މި ޕާޓީން ކެނޑިގެން ފެއިލްވެފައިވާ ފަރާތްތައް މި ޕާޓީ (އެމްޑީޕީ) ރިފޯމް ކުރުމުގެ ވާހަކައާ މި ޕާޓީއަށް ގޮތް ކިޔުމަކީ އެއީ ބޭނުންވާނެ ކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން މާ އެދެން ޕީޕީއެމް އިން އެމްޑީޕީ ރިފޯމު ކުރުމަށްޓަކައި ކުރައްވާ މަސައްކަތާއި އެ ކިޔުއްވާ ގޮތް. އެއީ އަޅުގަނޑުމެން މާގަބޫލުވެސް ކުރާނެ." ބިލެއްދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް