ރެޑްސީ ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ރާއްޖޭގެ ކުރީގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިވައިފިއެވެ.
ރެޑްސީ ކުންފުންޏަކީ ސައުދީ އަރަބިޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެގައުމުގެ ރެޑްސީ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގާ ކުންފުންޏެކެވެ.
އެގޮތުން އެ މަނިކުފާނު މި މަޤާމަށް އައްޔަނުކުރެއްވިކަން އެ ކުންފުނިން މިއަދު ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފިއެވެ.
https://twitter.com/TheRedSeaGlobal/status/1447818971194040321
ކުރީގެ ރައީސް ވަހީދާއެކު އެޑްވައިޒަރީ ބޯޑްގައި ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރެވޭފަދަ 10 މެންބަރުން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް