ޑީޖޭ ކުޅޭ މީހުންނަށް މިއޮތީ ރަނުގެ ފުރުސަތެއް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ޑިސްކް ޖޮކީ (ޑީޖޭ) ކުޅޭ މީހުންނަށް ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފި އެެވެ. އެ މިނިސްޓްރީން ބުނީ ޑީޖޭގެ ޕްރޮފ...

12 Oct 2021 | 13:04

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ޑިސްކް ޖޮކީ (ޑީޖޭ) ކުޅޭ މީހުންނަށް ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފި އެެވެ.

އެ މިނިސްޓްރީން ބުނީ ޑީޖޭގެ ޕްރޮފެޝަން އަދާކުރަމުންދާ ނުވަތަ އަދާކުރާހިތްވާ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރުހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިނިސްޓްރީން ހޮވާލެވޭ ފަރާތްތަކުގެ މައުލޫމާތު، ޕްރޮފައިލް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށް ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޑީޖޭކަން ކޮށްދޭނެ ފަރާތްތަކާއި އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާއި ލާޖައްސާ ގުޅުވައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޓޫެރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޑީޖޭ ކުރުމުގެ މަސައްކަތުގައި ޕްރޮފެޝަނަލްކޮށް ކުރިއަށްދާން ބޭނުންވާ ފަރާތްތައް ދެނެގަނެ، ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާ ގުޅިގެން ކުރިއަށް ގެންދިއުމަށް ގަސްދުކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެެވެ.

https://www.gazette.gov.mv/iulaan/166562

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް