ޓިކެޓް ދޫކުރަންވީ ފަތިސް ނަމާދުކޮށްގެން، ގޭގައި ތިބެން ނެގެން ޖެހޭނެ: ޖާބިރު

މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތައް ބެލުމަށް ފަތިސް ނަމާދުކޮށްގެން ޓިކެޓް ވިއްކަން ފަށަންޖެހޭ ކަމަށާއި ގޭގައި ތިބެގެން ޓިކެޓް ގަނެވެންޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދު...

12 Oct 2021 | 11:21

މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތައް ބެލުމަށް ފަތިސް ނަމާދުކޮށްގެން ޓިކެޓް ވިއްކަން ފަށަންޖެހޭ ކަމަށާއި ގޭގައި ތިބެގެން ޓިކެޓް ގަނެވެންޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ މާދަމާ ރޭ އޮންނަ ރާއްޖެ އާއި އިންޑިއާގެ މެޗް ބެލުމަށް ޓިކެޓް ގަންނަން ކިޔުގައި ޖެހިފައި ތިބިި އާންމުންގެ ބަޔަކާއި ވާހަކަދައްކަވަމުން ނެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުން ނެވެ. އެއާއެކު ހޯމަ ދުވަހުގެރޭ ދިވެހި ސަޕޯޓަރުން ކިޔޫ ހަދަން ފެށިއިރު، ހޯމަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން ޓިކެޓު ގަތުމަށް ކިޔޫ ހެދޭނީ ހެނދުނު 9:30 ގެ ފަހުން ނެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވެފައި ވަނީ "ޓިކެޓު ގަތުމަށް މިހާރު ކިޔޫ ހަދާފަައި ތިބި ފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު" ކަމަށެވެ. އަދި ވުޒާރާ އާއި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތަށް އިންތިޒާމު ކުރެވެމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ގަތުމަށް ހޯމަ ދުވަހުގެރޭ ވަނީ ކިޔޫ ހަދަން ފަށާފަ އެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުންނެވެ. އެއާއެކު ހޯމަ ދުވަހުގެރޭ ދިވެހި ސަޕޯޓަރުން ކިޔޫ ހަދަން ފެށިއިރު، ހޯމަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން ޓިކެޓު ގަތުމަށް ކިޔޫ ހެދޭނީ ހެނދުނު 9:30 ގެ ފަހުންނެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވެފައި ވަނީ "ޓިކެޓު ގަތުމަށް މިހާރު ކިޔޫ ހަދާފަައި ތިބި ފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު" ކަމަށެވެ. އަދި ވުޒާރާ އާއި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތަށް އިންތިޒާމު ކުރެވެމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މި މެޗަށް ސަޕޯޓަރުންނަށް ވިއްކާނީ 3،000 ޓިކެޓު ކަމަށް ބުނެފައެވެ. އެފްއޭއެމުން މި ފަހަރު ކަނޑައަޅާފައިވާ ގޮތުން މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓެވެ. އަދި އެ މެޗަށް އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓުތައް ގަންނަން ޖެހޭނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓު ކައުންޓަރުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް