ކިނޮޅަހު ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ރ. ކިނޮޅަހު ބަނދަރަށް ވެލި ވޮޑި ނެރު ބަންދުވެފައި ވާތީ ފުންކުރުމުގެ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްްޕެނީ (އެމްޓީސީސީ)ން ސައިޓް މޮބިލައިޒް ކޮށްފިއެވެ. އެ ކުންފުނިން ސައ...

12 Oct 2021 | 10:49

ރ. ކިނޮޅަހު ބަނދަރަށް ވެލި ވޮޑި ނެރު ބަންދުވެފައި ވާތީ ފުންކުރުމުގެ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްްޕެނީ (އެމްޓީސީސީ)ން ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެ ކުންފުނިން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. އެމްޓީސީސީން ބުނީ، އެ މައްސަލަ ހައްލު ކުރުމަށް އާޖެންޓުކޮށް މެއިންޓެނެންސް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

އެގޮތުން، ފަޅު އަލުން ކޮނުމާއި ނެރުން ވެލި ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކިނޮލަހު ބަނދަރަށް ވެލިއަރައި، އުޅަނދަކަށްވެސް ނުވަދެވޭ ވަރަށް ނެރު ބަނދުވެފައި އޮތުމުން އެ ރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖުކޮށް އެކަން ހައްލުކޮށްދިނުމަށް ގޮވާލައިފައެވެ.

އެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޑިޒައިން މަސައްކަތްތައް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ މާރިޗު މަހުވެސް ވަނީ ހުޅުވާލާފައެވެ. އަދި ކައުންސިލުން ޑިޒައިނަށް ގެެންނަން ބޭނުންވި ބަދަލުތަކެއް ގެނައުމަށް ފަހު، އަލުން ބީލަން ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ.

އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެ ބިޑު ކާމިޔާބު ކޮށްފައި ނުވާތީ، ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް