ހިޔާ ފްލެޓު ލިބުނު ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލު ވަމުން ދަނިކޮށް އެތަނުގައި ދިރިއުޅުން ބުއްދިވެރި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަކީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ފެށުނީންސުރެ ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ.
މިއަދު ފަސް މަހަށް ފަހު ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެހާ ކުޑަކުޑަ ތަންކޮޅެއް އެހާ ގިނަ ބަޔަކު ދިރިއުޅުމަކީ ރަނގަޅުކަމެއް ނޫންކަމެއް ކަން ތަހުޒީބު ވެފައިވާ ދުނިޔޭގެ ގައުމުތަކުން ވެސް މިހާރު ގަބޫލު ކުރާ ކަަމަށެވެ. އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްފަދަ ހައިރައިސް ތަންތަނުގައި ދިރި އުޅުމަކީ އެހާ ތަނަވަސް ދިރިއުޅުމެއް ނޫން ކަަމަށެވެ.
އެފަދަ ދިރުއުޅުމަކަށް ވިސްނުމަކީ ބުއްދިވެރި ގޮތް ވެސް ނޫން ކަަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ހިޔާ ފްލެޓުތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި ލަސްތަކެއް ހުރުމުން ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކުނި އުކުމާއި ދަތުރު ފަތުރާ ފެނާއި ކަރަންޓާ މިހެން ގޮސް މިބާވަތުގެ ހުރިހާ ކަމެއް ކަންބޮޑުވުންތަކުގެ ތެރޭގައިހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުވިދާޅުވީ އެކަންކަން ހައްލު ކުރަން ސަރުކާރުގެ ކުންފުނިތަކުން ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހިޔާ ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލު ކުރަން ފަށާފައިވާއިރު މިހާރު200 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދަނީ އެތަނުގައި އެވެ. ހާލަތު ގޯހަސް ނަޝީދު އެހެން ވިދާޅުވާއިރު އެ ހާލަތުވެސް އެންމެ ރަނގަޅު ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ.
އަދި ގިނަމީހުން ބުނަމުންދަނީ އާއިލާއެއް ދިރިއުޅުމަށް ހިޔާ ފްލެޓުތައް ހަމަ އެންމެ ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް