އެންމެ ކައިރި މާޒީ އަށް ބަލާ ނަމަ ފެންނާނީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. މާ ދުރަށް ނުގޮސް ފުރަތަމަ އެ ހިސާބުން ފަށާ ނަމެވެ. 2018 ވަނަ އަހަރުގެ ކުރީކޮޅު ޖަލުގައި ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ކަރެކްޝަންސްއިން ދެމުންގެންދިޔަ ގިނަ އިނާޔަތްތަކެއް ދިނުން ހުއްޓާލި ހިސަބުންނެވެ.
އޭގެ ތެރޭގައި އާއިލާއަށް ފޯނު ކުރުމުގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް އަދި އެކަހެރި ބައްދަލުވުންތައް ބޭއްވުން ފަދަ ކަންކަން ހިމެނޭ ގޮތަށް ގިނަ އިނާޔަތްތަކެއް ހުއްޓުނެވެ. މި ގޮތަށް މިކަން ހަމަޖެއްސީ ސިޔާސީ ގިނަ ބަޔަކު ޖަލަށްލުމާ ވިދިގެން ކަމަށް އަޑު ފެތުރިފައި ވެއެވެ. ފަހަރުގައި އެއީ ސަބަބު ކަމަށް ވެސް ވެދާނެއެވެ.
ރައީސް ޔާމީން އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދުކުރި ލައިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާ
އަށް ރާއްޖޭގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބަޔާނެއް ނެރުނީ 2018 ވަނަ އަހަރުގައެވެ. އޭގެ ކުރިން، ރައީސް މައުމޫން ވެރިކަމުގެ ދުވަސްވަރު ޖަލުގެ މަޝްހޫރު އަލްކަޓްރާޒް ގޮޅީގައި (މިތަން މިހާރުވަނީ ތަޅާލާފައި) ގައިދީންނަށް އަނިޔާކޮށްގެން ގަދަކަމުން ބަޔާން ނަގާ ކަމަށް 1996 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވެއެވެ. އެ ރިޕޯޓްގައި ތާރީޚީ އިލްމުވެރިޔާ އަހުމަދުޝަފީގާއި މުހައްމަދު އިބްރާހިމް އަދި ބީއޭ ނަސީމްގެ ނަން ހިމަނާފައިވެއެވެ، ރައީސް ނަޝީދު ވެސް މި ގޮޅީގައި އޮންނެވިއެވެ.
ކުރީ ސަރުކާރާ ދެކޮޅަށް 2015 ގައި ކުރި މޭ ޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދީގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ތިނަދޫ ހަމްޒަތު މުހައްމަދު ވަނީ ވީނުވީއެއްނޭނގި މަރުވެފައެވެ. އެޗްއާރުސީއެމުން ވަނީ މި މައްސަލަތައް ތަހުގީގުކޮށްފައި ވެސް މެއެވެ. ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން 2018 ވަނަ އަހަރު ޖަލުން މިނިވަންކުރިއިރު އެކަށީގެންވާ ފަރުވާ ނުދެވިގެން ދެ ފައިގެ އިނގިލިތައް ގިރިފައި އޮތުމުން މީހެއްގެ ދެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހުނެވެ. އަދި ޖަލުގައިތިބޭ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ނުލިބޭކަމަށް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ބުނެފައިވެއެވެ.
ގައިދީންގެ ފަރާތުން ނެރޭ ބަޔާންތައް ޝާއިއުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު 2018 ވަނަ އަހަރުގެ
ފެބްރުއަރީ މަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފައިވެއެވެ، އަޑުއެހުންތައް ނިމުމަށްފަހު ހުކުމްނުކޮށް ގިނަ ބަޔަކު ޖަލުގައި ބައްތިއްބާ ކަމަށް އެޗްއާރުސީއެމުން 2017 ވަނަ އަހަރު ބުނެފައިވައިވާ ގޮތުން ހުކުމްނުކޮށް، ތިން އަހަރު ހަތަރު އަހަރު ވެސް މީހުން އެއްވެސް އެއްޗެއް ނާންގައި ބައިތިއްބާފައިވެއެވެ،
މީގެ އިތުރުން، ޖަލުގައި އިންސާނީ ކަރާމާތް ނަގާލާ ކަމަށް ކުރީގެ މެމްބަރު އަދި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފާހަގަކުރީ 2017 ވަނަ އަހަރުއެވެ، އޭނާ ބުނެފައިވަނީ ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުންގެ ކުރިމަތީގައި ގައިދީން އެއްކޮށް ބަރަހަނާކޮށް ލަދުވެތި ގުނަވަންތައް ބަލައި ގުދުކޮށް ބާއްވާ ފުރަގަސްފަރާތް ފޭކޮށްގެން ފާސް ކުރާ ކަމަށެވެ. މިފަދަ ކަންކަމާ ގުޅިގެން ހާއްސަކޮށް އޮރިޔާންކޮށްގެން ބަލައި ފާސްކުރާ މައްސަލަ ކަރެކްޝަންސްގެ ސަމާލުކަމަށް ގެނެސްގެން ވެސް ހައްލެއް ނުލިބުމުން ގައިދީއެއްގެ ފަރާތުން 2016 ވަނަ އަހަރުގެ މާޗު މަހު އެޗްއާރުސީއެމް އަށް ހުށަހަޅާފައިވެއެވެ، އެއިރު ކަރެކްޝަންސުން ގައިދީއަށް ދީފައިވާ ޖަވާބަކީ އެކަން ކުރަނީ ޖަލުތަކާ ބެހޭ
ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ގަދަ ވަޔާއި ވާރޭގައި ޖެހި 2016 ވަނަ އަހަރު ޖަލުގެ ފާރުން 230 މީޓަރުގެ ބޮޑު ބައެއް ވެއްޓުނެވެ. އެމަސައްކަތުގައި އުޅުނު ޖަލު އޮފިސަރަކު އެ އަހަރު ބުނެފައިވަނީ ޖަލު މަރާމާތު ކުރަނީ އެކަށީގެންވާ ވަސީލަތާ އާލާތްތައް ނެތި ކަމަށެވެ،
މި ސަރުކާރުން ގައީދީންގެ ސިއްހީ ފަރުވާގެ މައްސަލައަށް އިންގިލާބީ ބަދަލެއް!
އަދުގެ ސަރުކާރުން ގައިދީންގެ ސިއްހީ ފަރުވާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ، މިއީ މީގެ ކުރިން ނުލިބޭ އެތައް ޚިދުމަތެކެވެ، އިންގިލާބީ ބޮޑު ބަދަލެކެވެ، އެ ގޮތުން، ޤައިދީންނަށްދޭ ފަރުވާ ރަނގަޅުކުރުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފަށާފައިވެއެވެ. ޢާންމު ބަލިތަކަށް ޚާއްސަ ކޭމްޕް - އައިކޭމްޕް، ހިންގައި ޓީވީ ސްކްރީންކުރުމުގެ ޚިދުމަތް ދެއެވެ،
މީގެ އިތުރުން. މާފުށީ ޖަލުގައި އައު މެޑިކަލް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައި ވެއެވެ. މާފުށީ ޖަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޚާއްސަ ޑޮކްޓަރެއް ގެނެސްފައި ވެއެވެ. އަދި ކްރައިސިސް ސެންޓަރެއް ޤާއިމްކޮށްފައި ވެއެވެ. ހަމައެހެންމެ މާފުށީ ހެލްތް ސެންޓަރާ ގުޅިގެން އެ ސެންޓަރަށް ޒިޔާރަތްކުރާ ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައި އައިޖީއެމްއެޗް އާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައި ވެއެވެ،
މާފުށީ ޖަލުގެ އެމް.ސީ.އެސް މެޑިކަލް ސެންޓަރ 2 އިން ފޯރުކޮށްދެވޭ ބައެއް ޙިދުމަތްތަށް:
44 ޖެނެރަލް އޯ.ޕީ.ޑީ ގައި ބަލިމީހުން ބެލުން، ކީ އެމެޖެންސީ ގައި ބަލިމީހުންނަށް ފަރުވާ ދިނުން އަދި ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުން ހިމެނެއެވެ. މީގެ އިތުރުން، އެކްސްރޭގެ ޙިދުމަތް ދިނުން، ފިޒިއޮތެރަޕީގެ ޙިދުމަތް ދިނުން، މައިނަރ ސަރޖަރީގެ ޙިދުމަތް ދިނުން، ޕްލާސްޓަރ އެޅުމުގެ ހިދުމަތް ދިނުން، ބޭސް އެޅުމުގެ ޙިދުމަތް ދިނުން ވެސް ހިމެނެއެވެ.
އެމް.ސީ.އެސް މެޑިކަލް ސެންޓަރ 2 އާއި އެހެނިހެން ޙިއްސީ ޙިދުމަތް ދޭ މަރުކަޒުތަކާއި ގުޅިގެންދޭ ޚިދުމަތްތައް:
މާފުށި ސިއްޙީ މަރުކަޒުގެ ލެބޯޓަރީއަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހެދުމާއި މާފުށި ސިއްޙީ މަރުކަޒަށް ބަލިމީހުން ގެންގޮސްގެން އެތެރެހަށީގެ، ދަތުގެ އަދި ހަމުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ ޙިދުމަތް ދިމުނުގެ އިތުރުން މާލޭގެ ހޮސްޕިޓަލްތަކަށް ބަލި މީހުން ގެންގޮސްގެން ފަރުވާ ދިނުން ހިމެނެއެވެ. އަދި މާލޭގެ ހޮސްޕިޓަލްތަކާއި ގުޅިގެން އޮންލައިންކޮށް ބަލި މީހުން ބެލުމުގެ ޙިދުމަތް ވެސް ދެއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް