އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަތް ދަރިވަރަކު ޔަގީންކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.
އެ އަހަރުގެ ނަތީޖާ ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
އާންމުކޮށް އިމްތިހާނު ބާއްވާ އަހަރާއި ޖެހިގެން އޮންނަ އަހަރު ބާއްވާ މި ހަފްލާ މިދިޔަ އަހަރު ނުބޭއްވުނީ ކޯވިޑްގެ ހާލަތާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް