މީރާ އާއި އެލް.އާރް.އޭ އާ ދެމެދު މައުލޫމާތު ބަދަލުކުރުމަށް ސޮއި ކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރ.އޭ) އާ ދެމެދު މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި އެވެ. މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން ...

12 Oct 2021 | 08:40

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރ.އޭ) އާ ދެމެދު މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން މީރާ އާއި އެލް.އާރް.އޭ އާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ވަޒީފާއާބެހޭ ޤާނޫނު ގެ ދަށުން ސަރވިސް ޗާޖު ނަގާ ފަރާތްތަކުން އެލް.އާރް.އޭ އަށާއި މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ދެ އިދާރާއަށް ހުށަހެޅުމުގެ ބަދަލުގައި ދެން ހުށަހަޅަން ޖެހޭނީ ހަމައެކަނި މީރާއަށެވެ.

މީގެ އިތުރުން، މި އެމް.އޯ.ޔޫގެ ދަށުން، އެލް.އާރ.އޭ އަށް ބަލައިގަންނަ ފައިސާތައް މީރާއިން ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ސަރވިސް ޗާގު ނަގާ ފަރާތްތަތަކުން ސަރވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް މީރާއިން އުފައްދައި، މި ސިސްޓަމް މެދުވެރިކޮށް ބަލައިގަންނަ މައުލޫމާތު އެލް.އާރ.އޭ އާ ހިއްސާކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ. އެލް.އާރ.އޭގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، އިބްރާހީމް ރަޝީދު މޫސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް