ކޯވިޑް-19 ޖެހިގެން ގދ. ތިނަދޫއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިނަދޫ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެމީހާ މަރުވީ ރޭ ފަތިހު 5:21 ގައި ކަމަށެވެ.
މަރުވި އިރު އެމީހާ ފަރުވާ ދެމުން ދިޔައީ އެ ހޮސްޕިޓަލުގެ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
މިއީކޯވިޑް ޖެހިގެން އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފަސް ވަނަ މީހާ އެވެ. އަދި މިމަހު ކޯވިޑްގައި މަރުވި ހަތަރު ވަނަ މީހާއެވެ.
ތިނަދޫގައި މިއަދު މަރުވި މިހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 235 އަށް އަރާފަ އެވެ.
ތިނަދޫގެ ކޯވިޑް ހާލަތަށް ބަލާއިރު މިހާރު އެ ރަށުގައި ކޯވިޑް ޖެހިފަ ތިބީ 20 މީހުންނަށެވެ. އިއްޔެ އެއްވެސް މީހަކު ޕޮސިޓިވް ނުވާއިރު މިހާތަނަށް އެ ރަށުން ކޯވިޑް ޖެހިފައިވަނީ 1،018 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް