މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ބައެއް އިމާރާތްތަކުގެ ލިފްޓުގައި މީހުން ތާށިވެއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލަ އަކުން ކަމަށާއި އެކަން މިހާރުހައްލު ކުރަމުންދާ ކަމަށެވެ.
ކަރަންޓު ކެނޑިފައިވަނީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ކުއްލިއަކަށް ކަރަންޓު ކެނޑުނު އެވަގުތު ހަތަރު އިމާރާތެއްގެ ލިފްޓު ހުއްޓިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ ވެލާނާގެ، އާލިއާ ސްކޫލް ކުރިން ހިންގިތަނުގައި ހުރި އިމާރާތް، މޯލްޑިވިއަން ހިންގާ އިމާރާތް އަދި މާލޭ ގްރޭންޑު ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ ޓީމް ގޮސް އެ އިމާރާތްތަކުގެ ލިފްޓުތައް ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ލިފްޓުތަކުގައި ތާށިވީ ކިހާ އަދަދެއްގެ މީހުންނެތް ކަމެއް ހާމައެއް ނުކުރެ އެވެ.
ކަރަންޓު ކެނޑިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް ވަނީ މެދުކަނޑާލާފަ އެވެ.
މިއަދު ކުއްލިއަކަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނަށް މިހާރު މާލޭގައި ކަރަންޓުދިއުމުގެ މައްސަލަ ވަރަށްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް