މުޅި މާލޭން ކަރަންޓް ދިޔަ ކަމަށް ފެތުރެމުންދަނީ ދޮގު ޚަބަރެއް ކަމަށާއި ކަރަންޓް ދިޔަ ސަރަހައްދަށް ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ކަރަންޓް ދިޔައީ ސީދާ ކޮން ސަރަހައްދަކަށް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
https://twitter.com/STELCOMALDIVES/status/1447824004606087171
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި. އެމައްސަލަ ހައްލު ކުރެވި މިހާރު ދަނީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން. ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން." އެ ކުންފުނިން ބުންޏެވެ.
"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް