ރާއްޖެ އިންޑިއާ މެޗަށް މިނެޓަކު 20 ޓިކެޓު އެބަ ވިއްކޭ: މަހްލޫފު

މާދަމާ ރޭ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރާ މެޗަށް މިނެޓަކު20 ޓިކެޓު ވިކެމުން ދާކަމަށް ޔޫތް މިނިްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. އެ މެޗުގެ ޓ...

12 Oct 2021 | 07:18

މާދަމާ ރޭ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރާ މެޗަށް މިނެޓަކު20 ޓިކެޓު ވިކެމުން ދާކަމަށް ޔޫތް މިނިްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެ މެޗުގެ ޓިކެޓު ވިއްކަން ފަށާފައި ވަނީ މިއަދު ހެނދުނު8:30 ގައި އެވެ. ދިވެހިންނަށް ސޯޝަލް ސެންޓަރުގައި ޓިކެޓު ވިއްކަމުން ދާއިރު ބިދޭސީންނަށް ޓިކެޓު ވިއްކަނީ ގަލޮޅު ދަނޑުގެ ކައުންޓަރުންނެވެ.

ޔޫތް މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ12:00 އާއި ހަމައަށް1،000އަށްވުރެ ގިނަ މީހުންނަށް 2،000އަށްވުރެ ގިނަ ޓިކެޓު ވިއްކާފައިވާ ކަމަށެވެ. އަދި ޓިކެޓު ވިއްކަން ފެށި ވަގުތުން ފެށިިގެން އެވަރެޖްކޮށް މިނެޓަކު20 ޓިކެޓު ވިއްކާފައިވާކަމަށް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މި ތަޖުރިބާގެ އަލީގައި އޮންލައިންކޮށް އަދި މުބާރާތައް ޓިކެޓު ވިއްކޭނެ އިންތިޒާމް ސާފްގެ މި މުބާރާތަށް ފަހު އެފްއޭއެމް އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

https://twitter.com/AhmedMahloof/status/1447818350445285379

މާދަމާ ހަވީރު ބައްދަލުކުރާނީ ނޭޕާލް އާއި ބަންގްލަދޭޝް އެވެ. ރާއްޖެ އާއި އިންޑިއާ އާއި ބައްދަލު ކުރާ މެޗު އޮންނާނީ މާދަމާ ރޭ9:00 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް