ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވެރިކަމެއްގައި ޖަލުތައް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ވާނުވާ ޖަހާައި ޖަލުގައި ގިނަ ބަޔަކު ތިބި މައްސަލައާއި ޖަލުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ހަމަޖެއްސުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި މިއަދުވާހަކަ ދައްކަވަމުން ނެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ހިންގަނީ އަލްކަޓްރާސްގެ އުސޫލުން ކަމަށާއި އެއީ ބޮޑު ވިޔަފާރިއެއް ކަމަަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށްޓަކައި ވަގުތުން ވަގުތަށް އަފްވާމެއް ނެރެ ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލުމަށް ޖާބިރު ވަނީ ގޮވާލައްވާފަ އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގަ ޖަލުތައް ނުހުންނާނެ. މިސަރުކާރު ވެރިކަމަށް އައީ ވާނުވާ ޖަހައި ޖަލަށްލާ މީހުންގެ މައްސަލައަށް ހައްލެއް ހޯދަން. އެކަމަކު އަދިވެސް އެކަން ހައްލު ނުކުރެވޭ." ޖާބިރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް