އިންޑިއާގެ މަޝްހޫރު ޕާން މަސާލާގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބައްޗަށް ހަމަޖެއްސި ފަހުން މިހާތަނަށް އެއް އިޝްތިހާރު ކުޅެފައިވެ އެވެ.
އެ އިޝްތިހާރު ކުޅުނީންސުރެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން ދިޔަ އެވެ. އެ ގައުމުގެ މަޝްހޫރު ނެޝަނަލް އޮގަނައިޒޭޝަން ފޯ ޓޮބޭކޯ އެރެޑިކޭޝަން އިންވެސް ވަނީ އަމީތާބާއި ބައްދަލުކޮށް އެ ބްރޭންޑު ދޫކޮށްލުމަށް އެދިފަ އެވެ.
މިދިޔަ މަހެއްހާ ދުވަހު ސަޕޯޓަރުންނއި އެންޖީއޯތަކުން ކުރަމުން ދިޔަ ޑިމާންޑާއި ގުލިގެން އަމީތާބު ވަނީ ބަޔާނެއް ނެރެފަ އެވެ.
ބަޔާނުގައި ބުނީ އޭނާ ޕާން މަސާލާގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އެ ކުންފުންޏާއި އެކު އެއްބަސްވުމުގައި ސޮއި ކުރި އިރު ބްރޭންޑުގެ ހުރިހާ ކަމެއް ނޭނގޭ ކަމަށެވެ. އެގޮތުން އެ ބްރޭންޑަކީ ސިނގިރޭޓާއި ރަލުގެ ބާވަތްތައް ޕްރޮމޯޓު ކުރާ ބައެއް ނޭނގޭ ކަމަށް އަމީތާބު ބުނެފައިވެ އެވެ.
އެކަން އެނގުމާއި އެކު މިހާރު ޕާން މަސާލާ އާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ކުޅުނު އިޝްތިހާރުން ލިބުނު ފައިސާވެސް އެ ކުންފުންޏަށް ދީފައިވާ ކަމަށް އަމީތާބު ބުންޏެވެ.
އަމީތާބު އެގްރިމެންޓު ބާތިލްކޮށް ފައިސާ ހަވާލު ކުރިކަން އެ ކުންފުނިން ވަނީ ބަޔާނެއް ނެރެ ޔަގީންކޮށްދީފަ އެވެ.
އަމީތާބުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކުރިޔަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި "ބަރަހްމާސްތްރާ"، "ޖުންދު". "މޭޑޭ" އަދި "ގުޑްބާއި" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް