ވޯލްޑްކަޕް ކޮލިފައިން: ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނު

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނު ވެއްޖެއެވެ. ޖަރަނުން ވޯލްޑް ކަޕަށް ކޮލިފައި ވީ ކޮލިފައިންގައި ރޭ ރަށުންބޭރުގައި ނޯތު މެސެޑޯނ...

12 Oct 2021 | 06:19

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނު ވެއްޖެއެވެ.

ޖަރަނުން ވޯލްޑް ކަޕަށް ކޮލިފައި ވީ ކޮލިފައިންގައި ރޭ ރަށުންބޭރުގައި ނޯތު މެސެޑޯނިއާ 0-4 ގެ ނަތީޖާއިން ބަލިކޮށް ގެންނެވެ.

ޖަރުމަނު ވޯލްޑް ކަޕުން ޖާގައެއް މި ހޯދީ ކޮލިފައިންގައި އަދި ބާކީ ދެ މެޗު އޮއްވައެވެ.

ރޭގެ މޮޅާއި އެކު ޖަރުމަން ކޮލިފައިވީ އެ ޓީމު ހިމެނޭ ގްރޫޕް ޖޭގެ އެއް ވަނަޓީމުގެ ވޮތުގައެވެ. ޖަރުމަނު ގުރޫޕުގެ އެއްވަނާގައި އޮތީ އަށް މެޗުން ކުޅެގެން ލިބުނު 21 ޕޮއިންޓާއި އެކުގައެވެ. ދެ ވަނައިގައި އޮތީ ރޭ އާރްމީނިއާ އަތުން 1-0 އިން މޮޅުވެ 13 ޕޮއިންޓާއި އެކު ރޫމޭނިއާ އެވެ.

ކޮލިފައިންގައި ރޭ ނޯތު މެސެޑޯނިއާގައި ކުޅުނު މެޗުން ޖަރުމަން މޮޅުވިއިރު ރޭގެ މެޗުގައި ޖަރުމަނުގެ ލަނޑުތައް ޖަހައިދީފައިވަނީ ޓިމޯ ވާނާ ދެ ގޯލާއި ކައި ހަވާޓްޒް އަދި ޖަމާލް މުސިއާލާ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ނެދަލެންޑްސް އާއި ގިބްރޯލްޓާ ރޭ ބައްދަލުކުރި މެޗުން ނެދަލެންޑްސް 0-6 އިން މޮޅުވި އިރު، ކްރޮއޭޝިއާ އަދި ސްލޮވާކިއާ ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި އެސްޓޯނިއާ އާއި ވޭލްސް ބައްދަލުކުރި މެޗު 1-0 އިން ވޭލްސް ކާމިޔާބުކުރި އިރު، މޮންޓަނިގްރޯ އަތުން ނޯވޭ މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް