އެމްވީ ޕްލަސްގެ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑަށް ހޮވުނު ފަރާތްތަަކަށް އެވޯޑު ދީފި އެވެ.
އެމްވީ ޕްލަސްއިން ބުނީ މި އެވޯޑަކީ ހޮވާލެވޭ ލޯކަލް އެންޖީއޯތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް އަދި ޖަމިއްޔާތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑުތަކެއް ކަމަށެވެ.
މިއަހަރުގެ މި އެވޯޑް ރާއްޖޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 2 އަހަރުވެފައިވާ 11 ޖަމިއްޔާއަކަށްވަނީ ދީފައެވެ.
މިއަހަރުގެ އެވޯޑް ލިބުނު ޖަމިއްޔާތަކަކީ އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަންސް (އާރކް)، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ކްލީން މޯލްޑިވްސް، އެންޑޯމީޓްރިއޮސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ފެމިލީ ލީގަލް ކްލިނިކް އެވެ.
މީގެ އިތުރުން ހޯފް ފޯރ ވިމެން، މާރސީ، މަމްސް އޮފަރިންގ މަމްސް ސަޕޯޓް (މަމްސް)، ސޭވް ދަ ބީޗް މޯލްޑިވްސް ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އަށް ވެސް ވަނީ މި އެވޯޑު ލިބިފަ އެވެ.
އެމްވީ ޕްލަސްއިން ގަބޫލުކުރާ ގޮތުގައި ނޮން ޕްރޮފިކް ޖަމިއްޔާތަކަކީ އިޖްތިމާއީ އެކިއެކި ކަންކަމުގައި ހައްލު ހޯދައިދޭ މުހިންމު ބައެކެވެ. އެހެންކަމުން މިފަދަ ޖަމިއްޔާތައް ބާރުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިވުމަކީ އެމްވީ ޕްލަސްގެ ވަރަށް ބޮޑު އަމާޒެކެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް 100 ގެ ގާލާ އިވެންޓްގައި މި އެވޯޑްލިބޭ އެންޖީއޯތަކަށް ފަންޑްރެއިޒް ކުރެވޭނެކަމަށްވެސް އެވްމީ ޕްލަސްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް