އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޖިލީހުން އެދެނީ

އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ޑިފެންސް މިނިސްޓްރީގައި އެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެއްޖެއެ...

12 Oct 2021 | 05:59

އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ޑިފެންސް މިނިސްޓްރީގައި އެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެއްޖެއެވެ.

ރައީސް ނަޝީދު މިހެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ވާހަކަ ދައްކަވަމުންނެވެ.

އެ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ހޯދުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވި އެ އެއްބަސްވުމަކީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް އެއްޗެއް ނޫންކަމަށާއި، ދޭދޭގައުމުތަކުގެ މެދުގައިވާ އެއްބަސްވުންތައް މަޖިލީހަށް ހާމަވާނެކަމަށެވެ.

"އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން. އެއީ ދިވެހި ދައުލަތުގެ އެގްރިމެންޓެއް، ދޭދޭ ގައުމަކާ އެކީގައި ކުރެވިފައިވާ. ދެން އެއީ ސިއްރެއްގެ ގޮތުގައެއް ނޫން ދައުލަތުން އެކަން ކުރަމުން ގެންދިޔައީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާ އެކު ހަދާފައިވާ އިތުރު ދެ އެއްބަސްވުމެއް ހޯދުމަށްވެސް އާދަމް ޝަރީފް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެގޮތުން ދެން ހޯދުމަށް އާދަމް ޝަރީފް އެދިފައިވާ އެގްރިމެންޓް ތަކަކީ ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް