ފުރާނަފުޅު ދުއްވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު މަޖިލީހުގެ ރިޔާސަތުގައި ފުރަތަމަ ފަހަރަށ މިއަދު ރައީސް ނަޝީދު އިންނަވައި ޖަލްސާ ކުރިއަށް އެބަ ގެންދަވައެވެ.
މޭ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހު ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި ތިން ދުވަސް ފަހުން އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް