ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ...

12 Oct 2021 | 04:29

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފާއިތުވި ދެމަސް ދުވަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޚާއްސަ ގޮތެއްގައި މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައިވެސް ބޮޑު ނުވާ މިންވަރަކަށް ކަން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން އެސްޓީއޯއަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ބޮޑުތަނުން އުފުލިފައިވާ ކަމަށް ބުންޏެވެ. އެހެންވެ މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތައް ބޮޑުވާނެ ކަމަށް ބުނެ އެވެ.

މި ގެނައިބަދަލާއި އެކު ކުރިން 10.72 ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 11.16ރ. އަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި ކުރިން 10.95 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއް ދެން ވިއްކާނީ  11.84 ރ. އަށް ކަމަށް ބުންޏެވެ.

ތެޔޮފީފާއެއްްގެ އަގު ދުނިޔޭގެ ބާޒާރުގައި 80.89 ޑޮލަރަށް ވަނީ އުފުލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް