ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންސްޓަގްރާމް މެދުވެރިކޮށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ހޯދުމަށް ހުޅުވާލައިފި އެވެ.
މި ހަރަކާތް ކުރިޔަށް ގެންދަނީ ހަމައެކަނި މޯލްޑިވިއަންގެ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މާ ބޮޑު ކަމެއް ކުރާކަށްނުޖެހެ އެވެ.
މޯލްޑިވިއަންގެ އިންސްޓަގްރާމް ޕޭޖު ފޮލޯ ކޮށް، ދިއްލީ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު އެ ޕޯސްޓުގެ ކޮމެންޓް ބައިގަ ތިން ރައްޓެހިން ޓެގު ކުރަން ޖެހެ އެވެ. އަދި އެ ޕޯސްޓު ސްޓޯރީއަށް ލައި މޯލްޑިވިއަން ޓެގު ކުރަން ޖެހޭއިރު ޕްރައިވެޓް އެކައުންޓުތަކުން އެމީހެއްގެ ސްޓޯރީގެ ސްކްރީން ޝޮޓެއް މޯލްޑިވއަންއަށް ފޮނުވުމުން ޕްރޮމޯޝަންގައި ބައިވެރިވެ ވެއެވެ.
މޯލްޑިވިއަންއިން ބުނީ އެ ހަރަކާތުން އެއް ވަނައަށްދާ މީހަކަށް ދިއްލީ ދެކޮޅު ދަތުރުގެ ދެ ޓިކެޓާއި ތިން ދުވަހުގެ ހުރުން ހަމަޖެހޭނެ އެވެ.
މިފަދަ މުބާރާތެއް މޯލްޑިވިއަންއިން ވަނީ ފޭސްބުން މެދުވެރިކޮށްވެސް ކުރިޔަށް ގެންގޮސްފަ އެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފޭސްބުކްގައި ކުރިޔަށް ގެންދިޔަ މުބާރާތުގައި ޖެހުނީ މޯލްޑިވިއަންގެ ފޭސްބުކް ޕޭޖުގައި ވާ ޕޯސްޓުގައި އިން ފްލައިޓުގެ އެއްބައި ކުރަހާފައިވާ ފޮޓޯ އެއްކޮށް ޑޫޑުލްކޮށް ފުރިހަމަ ކުރާށެވެ.
މި މުބާރާތުން އެންމެ ރީތި ކުރެހުން ހުށަހެޅި ފަރާތް ހޮވައި އޭނާއަށް ދިއްލީ ދެކޮޅު ދަތުރުގެ ދެ ޓިކެޓާއި ތިން ދުވަހުގެ ހުރުން ހަމަޖެހޭނެކަން މިހާރު މޯލްޑިވިއަންއިން ވަނީ އިއުލާނުކޮށްފަ އެވެ.
https://www.instagram.com/p/CU42_zBoxBl/
މޯލްޑިވިއަންގެ ދިއްލީ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު 21 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް