ހިޔާ ފްލެޓް ސަރަހައްދު ހަތް ދުވަހުން ސާފުކޮށްފި، ދެން ކޮންމެ ދުވަހަކު ކުނި ނަގާނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަަރަހައްދަށް މީހުން އެޅި ކުނިތައް ނަގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ތަން ސާފުކޮށްފި އެވެ. އެޗްޑީިސީން ވަނީ ހައިމާކާ އެނޫންވެސް އާ...

12 Oct 2021 | 03:02

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަަރަހައްދަށް މީހުން އެޅި ކުނިތައް ނަގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ތަން ސާފުކޮށްފި އެވެ.

އެޗްޑީިސީން ވަނީ ހައިމާކާ އެނޫންވެސް އާލާތްތައް ބޭނުން ކޮށްގެން އެ ސަރަހައްދަށް މީހުން ޖަމާކޮށްފައި ހުރި ހުރިހާ ކުންޏެއް ނަގާފަ އެވެ އެޗްޑީސީން ބުނީ އެކަން ނިންމާލެވުނީ ހަތް ދުވަހުން ކަމަށެވެ.

އެ ކުންފުނިން ބުނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ކުނި އުކުމުގެ މައްސަލަ ހައްލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ނިންމާފައިވަނީ އެ ސަރަހައްދަށް ކުނި ޖަމާވިޔަ ނުދިނުމަށް ކޮންމެ ދުވަހަކު ކުނިތައް ނެގުމަށް ކަމަށް މައުލޫމާތުދެ އެވެ.

އެޗްޑީސީން ވަނީ އެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން މިހާރު ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނާއި ފްލެޓްތަކުގައި މަަސައްކަތް ކުރަމުންގެންދާ މީހުންގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި އުކާލުމަށް ހަ ސަރަހައްދެއް ކަނޑައަޅައި ޑަސްޓްބިން ބަހައްޓާފަ އެވެ. އެ ކުންފުނިން ބުނީ އެ އިންތިޒާމު ހަމަޖެއްސީ ވެމްކޯއިން ރަސްމީކޮށް ކުނި ނަގަން ފަށަން ދެން ކަމަށެވެ.

މިދިޔަ މަހުން ފެށިގެން ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މިހާރު 100 އަށްވުރެ ގިނަ އާއިލާއިން ވަނީ ފްލެޓަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އެޗްޑީސީން ވަނީ ހުރިހާ ފަރާތްތަކުންވެސް ސަރަހައްދު ސާފުކޮށް ބޭއްވުމަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި ކުނި ޑަސްޓްބިން ތަކަށް އެޅުމަށް އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް